ލޫކާސް 20:20 - ކިތާބުލް މުޤައްދަސާ20 ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ. Viz kapitola |