ލޫކާސް 11:42 - ކިތާބުލް މުޤައްދަސާ42 ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން ގެ އާމްދަނީން ދިހަބައިކުޅަ އެއްބައި ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހޭދަކުރޭ. އަދި މުހިންމު ނޫން އެތައް ކުދި ކުދި ކަންތައްތަކެއް ކުރުމަށް ކަލޭމެން ވަރަށް ފަރުވާ ބަހައްޓާ. އެކަމަކު ކަލޭމެން މީސްތަކުންނާ ދޭތެރޭ އެއްވެސް އިންސާފެއް ނުބަހައްޓާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކަލޭމެން އެއްވެސް ލޯތްބެއް ނުވޭ. ކަލޭމެން ކުރަންވީކަމަކީ ފަހުން މިބުނިކަންތައް ފަރުވާތެރިކަމާއި އެކު ކޮށް ކުރިން ކުރަމުން ތިޔަ ގެންދިޔަ ކަންތައް ހުއްޓާނުލާ ކުރިއަށް ގެންދަންވީ. Viz kapitola |