ޢިބްރާނީންނަށް ސިޓީ 13:17 - ކިތާބުލް މުޤައްދަސާ17 ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ. Viz kapitola |