ފެށުން 46:5 - ކިތާބުލް މުޤައްދަސާ5 އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މިލްކުވެގެންވީ އެންމެހާ ތަކެއްޗާއިގެން ބިއުރުސަބްޢައިން ދަތުރަށް ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެންމެހައި ދަރިންނާއި އެބައިމީހުންގެ ކުދި ޅަ ދަރިންނާއި އަނބިން ދަތުރު ކުރަމުން ގެންދިޔައީ ސަވާރީގެ ގޮތުގައި މިޞްރުގެ ރަސްގެފާނު ދެއްވި އަސްގާޑިޔާތަކުގައެވެ. Viz kapitola |