ފެށުން 42:25 - ކިތާބުލް މުޤައްދަސާ25 ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންގެ ގޯނިތައް ގޮވާމުން ފުރައިދީ އަދި އެބައިމީހުން ދޭ ފައިސާތައް ސިއްރުން ގޯނިތަކަށް ލުމަށް އެކަލޭގެފާނުގެ ނޯކަރުންނަށް އަމުރުކުރެއްވިއެވެ. އަދި އެބައިމީހުންގެ ދަތުރަށް ބޭނުންވާނޭ ކެއުން ދިނުމަށް ވެސް އެކަލޭގެފާނު އެންގެވިއެވެ. ޔޫސުފުގެފާނު އަމުރުކުރެއްވި ފަދައިން ހުރިހާ ކަމެއް ޚާދިމުން ކޮށްނިންމިއެވެ. Viz kapitola |