ފެށުން 22:20 - ކިތާބުލް މުޤައްދަސާ20-23 މި ހިނގައިދިޔަ ޙާދިސާތަކަށް ފަހު އެކަލޭގެފާނުގެ ބޭބެ ނާޙޫރުގެ އަންހެނުން މަލްކަތު ނާޙޫރަށް އަށް ކުދިން ވިހައިފިކަމުގައި މީހަކު އިބްރާހީމްގެފާނަށް ދެންނެވިއެވެ. އެ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަމަކީ ޢޫޞާއެވެ. ދެވަނަ ދަރިފުޅުގެ ނަމަކީ ބޫޒާ އެވެ. އަދި ތިންވަނަ ދަރިފުޅުގެ ނަމަކީ ޤަމޫއީލްއެވެ. (މިއީ އަރާމް ގެ ބައްޕައެވެ.) އޭގެއިތުރުން ކާސަދު އާއި ޙަޒްވު އާއި ފިލްދާޝް އަދި ޔަދްލާފްގެ އިތުރުން ބަތުއީލް ލިބުނެވެ. މި ބަތޫއީލް އަކީ ރިފްޤާގެ ބައްޕައެވެ. Viz kapitola |