ނެރުއްވުން 20:24 - ކިތާބުލް މުޤައްދަސާ24 ތިމަންކަލާނގެއަށް ޤުރުބާނީ ކުރަން ހަދާ އަށި ހަދަން ވާނީ ބިމުގެ ވެލިންނޭ. ކަލޭމެން ތިމަންކަލާނގެއަށްޓަކައި ކުރާ އެންދުމުގެ ޤުރުބާނީތަކާއި ގުޅުންބަދަހި ކުރުމަށްޓަކައި ކަންބަޅި ބަކަރި އަދި ގެރިތައް ކަތިލައި ކުރާ ޤުރުބާނީތައް ކުރަން ވާނީ އެތަނުގައޭ. ތިމަންކަލާނގެއަށް އަޅުކަންކުރާނެ މަޤާމުތައް ތިމަންކަލާނގެ ދައްކަވާނަމޭ. އެތަނުގައި ކަލޭމެން އަށި ހަދައިގެން ޤުރުބާނީ ކުރާށޭ. އޭރުން ތިމަންކަލާނގެ ކަލޭމެންގެ ގާތަށް ވޮޑިގެން ކަލޭމެންނަށް ބަރަކާތްލައްވައި ދެއްވާނަމޭ. Viz kapitola |