ނެރުއްވުން 13:15 - ކިތާބުލް މުޤައްދަސާ15 ފިރުޢައުނު ގޮތްދޫނުކޮށް ތިމަންމެން މިޞްރުން ބޭރުވުމަށް ދެކޮޅު ހެއްދެވިއޭ. އެހެންކަމުން އެމީހުންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި އެކަލާނގެ މަރުގެންނެވިއޭ. ތިމަންމެން އެކަމުގެ ހަނދާނެއްގެ ގޮތުން ތިމަންމެންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި މާތްރަސްކަލާނގެއަށް މިހެން ޤުރުބާން ކުރަނީއޭ. އެކަމަކު ތިމަންމެންގެ ދޮށީ ފިރިހެން ދަރިން ޤުރުބާނީ ނުކޮށް އޭގެ ބަދަލުގައި ޖަނަވާރަކުން އަގުދައްކަނީއޭ.‘ Viz kapitola |