މަންދޫބުންގެ މަސައްކަތް 9:22 - ކިތާބުލް މުޤައްދަސާ22 ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ. Viz kapitola |