މަންދޫބުންގެ މަސައްކަތް 4:13 - ކިތާބުލް މުޤައްދަސާ13 ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ. Viz kapitola |