މަންދޫބުންގެ މަސައްކަތް 19:9 - ކިތާބުލް މުޤައްދަސާ9 ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ. Viz kapitola |