މަންދޫބުންގެ މަސައްކަތް 16:14 - ކިތާބުލް މުޤައްދަސާ14 އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ. Viz kapitola |