މަންދޫބުންގެ މަސައްކަތް 12:23 - ކިތާބުލް މުޤައްދަސާ23 ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ. Viz kapitola |