ޔޫޙަންނާގެ ތިންވަނަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ10 އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ. Viz kapitola |