2 ޞަމޫއީލް 18:3 - ކިތާބުލް މުޤައްދަސާ3 އެކަމަކު އެމީހުން ދެންނެވިއެވެ. ”ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.“ Viz kapitola |