2 ޞަމޫއީލް 14:32 - ކިތާބުލް މުޤައްދަސާ32 ޔުއާބު ބުންޏެވެ. ”އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.“ Viz kapitola |