2 ޞަމޫއީލް 14:11 - ކިތާބުލް މުޤައްދަސާ11 އަންހެނާ ދެންނެވިއެވެ. ”އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށް ވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”ދިރިދެމި ވޮޑިގެންވާ ކަލާނގެ ގަންދީބުނަން އެކަކަށް ވެސް ކަލޭގެ ދަރިފުޅަށް ގޮތެއް ނުހެދޭނެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓަކަށް ވެސް ގެއްލުމެއް ނުދެވޭނެ.“ Viz kapitola |