2 ޞަމޫއީލް 12:31 - ކިތާބުލް މުޤައްދަސާ31 ދެން ދާއޫދުގެފާނު އެރަށުގެ މީހުން މަސައްކަތަށް ނެރުއްވިއެވެ. އެމީހުންގެ އަތަށް ކީސްތަކާއި ފާންތިލަތަކާއި މުޅޯތައް ހަވާލު ކުރައްވައި އެމީހުންލައްވާ ރާނާ ގާ އެޅުއްވިއެވެ. އެގޮތުގެ މަތިން ޢައްމޫނީންގެ އެހެން ސަހަރުތަކުގެ މީހުންނާ މެދު ވެސް ކަންތައް ކުރެއްވިއެވެ. ދެން ދާއޫދުގެފާނު އެކަލޭގެފާނާއި އެކުގައި އައި ފައުޖާއެކު އެނބުރި ޖެރޫސަލަމަށް ވަޑައިގެންފިއެވެ. Viz kapitola |