ޕަތަރަސްގެ ދެވަނަ ސިޓީ 3:16 - ކިތާބުލް މުޤައްދަސާ16 މިފަދަ ހުރިހާ ކަމެއް އޭނާގެ އެންމެހާ ލިޔުންތަކުގައި ލިޔެފައިވެއެވެ. އޭނާގެ ބައެއް ލިޔުންތަކުގައި ހިމެނިފައިވާ ތަކެއްޗަކީ އުނގެނިގަތުމަށް އުނދަގޫ ތަކެތި ކަމުގައި ވިއަސްމެއެވެ. އަދި މީސްތަކުންގެ ތެރެއިން އީމާންކަން ބަލިކަށި، ތަންދޮރުނޭނގޭ ބަޔަކު މިފަތްފުށްތައް ނުބައި ގޮތުގައި މާނަ ކޮށްދެއެވެ. ހަމައެގޮތުގެމަތިން އެފަދަމީހުން އެހެނިހެން ފަތްފުށްތައް ވެސް ބުނެ ދެމުން ދަނީ ނުބައި ގޮތުގައެވެ. މިކަމުގައި އެބައިމީހުންނަށް ހުރި ޖަޒާއަކީ ގެއްލުމާއި ހަލާކެވެ. Viz kapitola |