ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:8 - ކިތާބުލް މުޤައްދަސާ8 އެއީ ތިޔަބައިމީހުން މެދުވެރިކޮށް މެސެޑޯނިޔާއާއި އަކޭޔާގެ އެންމެންނަށް މާތް ސާހިބާއާއި ބެހޭ ޚަބަރުފުޅު ދިނުމުން އެކަންޏެއްމެ ނޫނެވެ. އަދި މީގެ އިތުރުން މާތްރަސްކަލާނގެ އާއި މެދުގައި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމުގެ ޚަބަރު އެންމެހައި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީތީ ވެސްމެއެވެ. ވީމާ އިތުރަށް އަހަރެމެން ބުނަންޖެހޭ ވާހަކައެއް ނެތެވެ. Viz kapitola |