ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ10 އަދި އެކަލާނގެ ދަރިކަލުން ސުވަރުގެއިން އެނބުރި ވަޑައިގަންނަވާނޭ ދުވަހެއްގެ އިންތިޒާރުގައި ތިޔަބައިމީހުން ތިބި ކަމުގައި ވެސް އެބައިމީހުން އަހަރެމެންނަށް ބުނެދިނެވެ. އީސާގެފާނީ އަވަހާރަވެވަޑައިގެންނެވުމަށް ފަހު މާތްރަސްކަލާނގެ އަލުން ދިރުއްވި ކަލޭގެފާނެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅުން އަންނަން އޮތް ކޯފާއިން އަހަރެމެން ސަލާމަތް ކޮށްދެއްވަން ފޮނުއްވި ފަރާތް ވެސްމެއެވެ. Viz kapitola |