1 ޞަމޫއީލް 31:4 - ކިތާބުލް މުޤައްދަސާ4 ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.“ އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ. Viz kapitola |